މަންޒިލް ތިޔޭ މިހިތް އެދޭ


އިރުގެ ރަން ދޯދިތައް ކަނޑުގެ ލޮނުގަނޑު ޖަރީކުރަމުން އިރުގެ ދޯދިތައް ގަސްކަރަތަކުން 
ފާއްދާލުމާއެކު ދޫނިސޫފާސޫފީގެ އަޑުން މުޅިރަށް ގުގުމާލިއެވެ. އުޑުގައިވާ މަޑު އޮރެންޖް ކުލައިން
ހީވަނީ އުޑުގައި އޮރެންޖްސާލެއް ލެވިފައިވާހެންނެވެ. މަޑުމަޑުން ދަތުރުކުރަމުން ދިޔަ ކޮޅިތަކުން އެމަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ.

ފަނުންހިޔާ ކޮށްފައިވާ ގޭގެ ފުރާޅުގެތެރޭން ފުރޭނިގެންއައިސް އިރުގެ ދޯދިތައް ނިޝާގެ މޫނަށް އެޅިފައިވުމާއެކު ހީވަނީ މޮޅުކުރަހުންތެރިއެއްގެ ކުރެހުމެއްހެންނެވެ. އެ ދޮންހަށިގަނޑާއި އެ ބޯއެސްފިޔަތަކުގެ ތެރޭގައި ޖަރީ ކުރެވިފައިވާ ކަޅުކުލައިގެ ލޮލުގެ ސަބަބުން ނިޝާގެ ރީތިކަން ދެގުނައަށް ދައްކުވައިދެއެވެ.

ހުޅުވާލެވިފައިވާ ކުޑަދޮރުން ވަންނަމުންދިއަ ވަޔާއެކު ނިޝާގެ ފަންއިސްތަށިގަނޑު މަޑުމަޑުން ވިހުރެމުން ދިއައެވެ. “ނީޝް.” ބާވެފައިވާ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ނިޝާގެ މަންމަ ޒައިނާ ނިޝާއަށް ގޮވާލިއެވެ. ނިޝާ ކަންނެތްގޮތަކަށް އޭނާގެ ލޯހުޅުވާލުމާއެކު ، ހުޅުވާލާފައިވާ ކުޑަދޮރުން ދުރުދުރަށްދާންދެން ފެންނަމުން ދިއަ ފެހިކަންގަދަ ގަސްތަކުން ލޮލަށްފިނިކަންގެނެސްދިނެވެ.

އެނދުންތެދުވެލުމަށްފަހު ނިޝާ މިސްރާބުޖެހީ ދޮރާދިމާއަށެވެ. ތަންޑުނައްޓާލުމާއެކު ހާސްވެފައިވާ ޒައިނާ ފެނުމާއެކު ނިޝާގެ ދެލޯބޮޑުވެގެންދިއައެވެ. ” ކޮބާ އެއްއޮތް 7 ޖަހަނީ ! މިއަދު ފުރަތަމަ ދުވަހެއްނު ފިހާރައިގެ. ” އެޅިގަލުން ރާނާފައިވާ ގޭގެ ސިޓިންގްރޫމުގެ ފާރެއްގައި ހަރުކޮށްފައި ހުރި ހަތަރެސްކަނުގެ ގަޑިއަށް ބަލައިލަމުން ކަންބޮޑުވެފައި އިންއަޑަކުން ޒައިނާ ބުންޏެވެ. ” މަންމާ .7:30 ގައޭ ދާންޖެހެނީ ފިހާރަޔަށް ” ކޮޓަރިން ބޭރަށް ނިކުންނަމުން ނިޝާ ބުންޏެވެ.

މަންމާ . ކޯޗެއްސައިބޯންހުރީ ؟ ” ގޭގެ މައިދޮރު ހުޅުވާލަމުން ނިޝާ ބުންޏެވެ.

ފާރޮއްޓާއި ކަޅުސައި.” ޒައިނާ ބުންޏެވެ.

މަންމާ އަބަދު އެނޫންއެއްޗެއް ނުލިބެނީތަ ސައިބޯން . ؟ .” ނިޝާ ބުންޏެވެ. ” ދަރިފުޅަން އިނގެއެއްނު ބައްޕައަށް ލިބެނީ އެންމެ 6000 ރުފިޔާކަން އެރުފިޔާއިން ހާދަ ބައިވަރު ހަރަދެއްކުރަން ޖެހެޔޭ މަސްނިމޭއިރު ނޯވޭ އެންމެ ލާރި އެއްވެސް ” ޒައިނާ ބުންޏެވެ. ” ނީޝްއަށް މުސާރަ ލިބެންފެށީމަ ބައްޕައަށް ލިބޭ މުސާރައިން ހަރަދު ކުރާކަށް ނުޖެހޭނެ މަންމާ” މަންމަގެ ޖުމްލައިން ނިޝާގެ ހިތަށް މާޔޫސީކަން ސަވާރުވެގެން ދިއައެވެ.

ދަރިފުޅުދޭ ފެންވަރާލައިގެން ތައްޔާރުވެލަން މަންމަ މިދަނީ ކުނިކަހަން” ބޭރަށް ނިކުންނަމުން ފާރުކައިރީ ބާއްވާފައި އޮތް އިލޮށިފަތި ނަގަމުން ޒައިނާ ބުންޏެވެ.

ބިޔަގަސްތަކުން މުޅިތަން ބަންދުވެފައިވާ ގިފިލީގެ ދޮރުހުޅުވާލުމަށްފަހު ނިޝާ މުޅިތަން ހޯދާލިއެވެ. ވަޔާއެކު ނަށަމުން ދިއަ ގަސްތަކުން އެތަންފެންނަނީ ވަރަށްވެސް ހިތްގައިމުގޮތަކަށެވެ. ވަޅުގެ ވަށައިގެން އިންދާފައިވާ ފިނިފެންމާގަސްތަކުން އެހިސާބުގައިވަނީ ފަތިހަށް ފޮޅިފައިވާ ތާޒާ ފިނިފެންމަލުގެ ވަހުން ޖަރީވެފައެވެ. ދުވާލުގެ ވަގުތުތަކުގައި އަމާންވިނަމަވެސް ރޭގަނޑުގެ ވަގުތުގައި ގިފިލިފެންނަނީ ބިރުވެރި ތަނެއްގެ ގޮތުގައެވެ. އަތުގައި އޮތްތުވާލި ރޯނެއްގައި އަޅުވާލުމަށްފަހު ނިޝާ މިސްރާބުޖެހީ ވަޅާދިމާއަށެވެ.

ފެންވަރާލައިގެން ކޮޓަރިއާ ދިމާއަށްދާން އަވަސްފިޔަވަޅުތަކެއްގައި މިސްރާބުޖެހި ނިޝާގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ނޫރާ އޭނާއަށް ގޮވާލުމުންނެވެ. ” ނޫރް ކޮންދުވަހަކުތަ ރަށަށް އައީ ؟ ” ފަސްއެނބުރި ބަލައިލަމުން ނިޝާ ބުންޏެވެ. ” ރޭގަ.” ނިޝާއާ އަރާހަމަކުރަމުން ނޫރާ ބުންޏެވެ.

މިއަދު ޖޮބަށްދާން މިއުޅެނީ.” އުފާވެރި ހިނިތުންވުމަކާއެކު ނިޝާ ބުންޏެވެ. ” ރިއަލީ ؟ . ” ނޫރާ ބުންޏެވެ. ” ހޫމް. ވަރަށް ހެޕީ ޖޮބްލިބުނީމަ ރޭގަ ޖޮބަށް އެޕްލައިކުރި ފިހާރައިން ގުޅާފަ ބުނީޖޮބްލިބުނު ވާހަކައާއި މިއަދު ޖޮބަށް ނިކުންނަން ޖެހޭވާހަކަވެސް” ނިޝާ އިސްތަށި ގަނޑު ހިތްކަން މަސައްކަތް ކުރަމުން ބުންޏެވެ.

ހެޕީ ނިއުސްއެއް މުސާރަ ލިބުނީމާ ސައިދޭންޖެހޭނެ” ނިޝާގެ ކޮނޑުގައި ޖަހާލަމުން ނޫރާ ބުންނެވެ. ” ނޫރް އަށް އިނގެއްއެއްނު މަންމަގެ މިޒާޖު މަންމަ އެއްބަހެއްނުވާނެ. އަނެއްކޮޅުން ބައްޕަ ބަލިވެ އުޅޭތީ ބައްޕަ ވަޒީފާއަށް ވެސް ނުދޭ ބައްޕައަށް ލިބޭ އެއްޗަކަށް މިއޮތް ހުރިހާ ދުވަހު ޑިޕެންޑްވެގެން އުޅެންޖެހުނީ އެކަމަކު ނިޝާ ބޭނުމީ ބައްޕައަށް ލިބޭ މުސާރަ ސޭވްކޮށްފަ ނިޝާގެ މުސާރައިން ގޭގެ ހަރަދު ބަލަހައްޓަން” ނިޝާ ބުންޏެވެ. ” އެއީ މައްސަލައެއްނޫނޭ ނިޝާ ” ނޫރާ ބުންޏެވެ.

މި އޮތީ ނިޝާއަށް ދޭންގެނައި ހަދިޔާއެއް” އަތުގައި އޮތް ކޮތަޅުން ޕާރުސަލެއް ނަގަމުން ނޫރާ ބުންޏެވެ. ” ވާއު” އެފޮށިހުޅުވާލުމާއެކު އޭގެތެރޭގައި އޮތް ރަތް ކުލައިގެ ހޭންޑް ބޭގްގާއި ރަތް ކުލައިގެ ފައިވާނުގައި ފިރުމާލަމުން ނިޝާ ބުންޏެވެ. ” ރީތި ދޯ ؟ ނިޝާގެ ފެވެރިޓްކުލަ ރަތް ކުލައަށް ވަތީ ރަތްކުލައިން ގަނެގެންއައީ” ނޫރާ ހިނިތުންވެލާފައި ބުންޏެވެ. “ވަރަށް ރީތި ތޭންކްސް” ނިޝާ ބުންޏެވެ.

ދަރިފުޅާ އާދޭ ސައިބޯން” ފަނުންހަދާފައިވާ ކާގެއިން ނިކުންނަމުން ޒައިނާ ތަންކޮޅެއްބާރަށް ބުންޏެވެ. ” މިއަންނަނީ ރީތި ވެލައިގެން ނޫރް ދާނީ ސައިބޮއެގެންދޯ ؟ ” ނިޝާ ބުންޏެވެ. ” އާނ ސައިބޮއެގެންދާނީ . އަދި ހެނދުނު ސައިވެސް ނުބޮން” ނޫރާ ބުންޏެވެ.

* ނުނިމޭ *
މަންޒިލް ތިޔޭ މިހިތް އެދޭ 2
ހުށައެޅީMutha ތާރީޚް 6 މަސް ކުރިން ކެޓަގަރީ ބިރުވެރި ޚޔާލެއް ހުށައަޅުއްވާ 164 މީހުންބަލާފައި0
ދަރިފުޅާ އާދޭ ސައިބޯން” ފަނުންހަދާފައިވާ ކާގެއިން ނިކުންނަމުން ޒައިނާ ތަންކޮޅެއްބާރަށް ބުންޏެވެ. ” މިއަންނަނީ ރީތި ވެލައިގެން ނޫރް ދާނީ ސައިބޮއެގެންދޯ ؟ ” ނިޝާ ބުންޏެވެ. ” އާނ ސައިބޮއެގެންދާނީ . އަދި ހެނދުނު ސައިވެސް ނުބޮން” ނޫރާ ބުންޏެވެ.
ނިޝާ ކޮޓަރިއަށް ވަނުމާއެކު ނޫރާ މިސްރާބުޖެހީ ކާގެއާ ދިމާއަށެވެ. ކާގޭގެ ދޮރުންއެތެރެއަށް ވަނުމާއެކު މޭޒުމަތި ސާފްކުރަން އިން ޒައިނާއަށް ނޫރާ ގޮވާލިއެވެ. ” ނޫރާ އައީ ކޮންދުވަހަކުތަ ؟ ” މޭޒުމަތި ސާފްކުރަން ގެންގުޅުނު ފޮތިގަނޑު ބާއްވަމުން ޒައިނާ ބުންޏެވެ. ” ރޭގަ އައީ. ދައްތަ މިހާރު ހާދަ ފަލަވައްޖެޔޭ.” މޭޒުކައިރީގައި ބަހައްޓާފައި ހުރި މަޑު ނޫކުލައިގެ ގޮނޑިއެއްގައި އިށީންނަމުން ނޫރާ ބުންޏެވެ. ” ނޫރާއާއި ނިޝާ ހިކިކޮށް ތިއްބަސް ދައްތަމެން ފަލަ ވާނެއެއްނު މިހާރު މުސްކުޅިވެއްޖެވިއްޔާ” ޒައިނާ ސަމާސާ ރާގަކަށް ބުންޏެވެ.
ކޮން ވާހަކައެއްތަ ތިދައްކަނީ ؟ ” ކާގެއަށް ވަން ނިޝާއަށް އޮލަވާހަކެއްގައި ތިބި ނޫރާއާއި ޒައިނާ ފެނުމާއެކު ސުވާލުކުރިއެވެ. ” ނޫރް މާލެއަށް ހަދަން ދިޔަ ކޯހުގެ ވާހަކަ.” ނިޝާގެ ސުވާލަށް ނޫރާ ޖަވާބުދިނެވެ. ” ނޫރް ރަށަށް އައީމަ އެކްސައިޓްވެފައި އިންވަރުން ކޯހުގެ ވާހަކައެއްވެސް ނުދެއްކުނު. އެކޯސް ނިމިއްޖެތަ ؟ ” ނިޝާ ބުންޏެވެ. ” ކޯސްނިމިގެން ރަށަށް މިއައީ….

އުފާވެރި ހިނިތުންވުމަކާއެކު ނޫރާ ބުންޏެވެ.
ނޫރާ ދާނީ ސައިބޮއެގެންދޯ ؟ ” ޒައިނާ މޭޒުމަތި ސާފްކުރަން ގެންގުޅުނު ފޮތިގަނޑު ފެން ބާލިދީއަކަށް ފެލެއިލަމުން ބުންޏެވެ. ” އާނ.ސައިބޮއެގެން މިއަދު ދާނީ. ” ނޫރާ ޒައިނާގެ ސުވާލަށް ޖަވާބުދިނެވެ .
މިއަދު ރޭގަނޑު ދާންޖެހޭނެ އާރިޔާ މެންގެއަށް” ކާގެއިން ނިކުންނަމުން ނޫރާ ބުންޏެވެ. ” ނޫރް ދިޔަ ފަހުން އަދި ރިޔާ މެންގެއަށް ނުދަން މީހާރު ހުންނާނީ ރުޅިއައިސްގެންކަންނޭނގޭ.” ބަނބުކެޔޮ ގަހެއްގެ ކައިރީގައި ބަހައްޓާފައި ހުރި ޖޯލި މަތީގައި އޮތް ހޭންޑްބޭގް ނަގަމުން ނިޝާ ބުންޏެވެ. ” ރިޔާ ވަރަށް ކޫލްވާނެ. ” ނޫރާ ބުންޏެވެ. ” ދެންދަނީ ރޭގަނޑު އަންނާނަން އަނެއްކާ ރޭގަނޑު ޖެހޭތަ ޝޮޕަށް ދާން ؟ “. ނޫރާ ނިޝާމެން ގެއިން ނިކުންނަމުން ބުންޏެވެ. ” ރޭގަނޑަކު ނުޖެހޭ ދާކަށް ” ނިޝާ ނޫރާގެ ސުވާލަށް ޖަވާބު ދިނެވެ.
ނިޝާގެ ގެއާއި ތަންކޮޅެއް ދުރުގައި ހުންނަ މާވިއްކާ ފިހާރަޔާ ދިމާއަށް ނިޝާ އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިރު އަތުގައި އޮތްގަޑިއަށް އިރުއިރުކޮޅާ ބަލައިލައެވެ. ވަޒީފާގެ ފުރަތަމަ ދުވަހަށް ވަތީ ނިޝާ ބޭނުންވަނީ ފިހާރަޔަށް ގަޑި ނުޖެހިދާށެވެ. މަޑު ފެހި ކުލައިން ބޭރުފާރުގައި ކުލަލައިފައިވާ ތިންބުރީގެ އެފިހާރަޔާ އަރާހަމަވިއިރު ނިޝާގެ އިންތިޒާރުގައި ފިހާރައިގެ ވެރިމީހާ ޝާހިދާ ދެކޮޅަށް ހިނގާލަހިނގާލާ ހުއްޓެވެ. ” ފުރަތަމަ ދުވަހުވެސް ގަޑި ޖެހިގެނެއްނު ތިއައީ.” ނިޝާ ފިހާރައިގެ ދޮރާ އަރާހަމަވުމާއެކު ޝާހިދާ ބުންޏެވެ. ” ސޮރީ މޭމް” ނިޝާ ބުންޏެވެ. ” ނިޝާ ޑޯންޓް ބީ ސޭޑް އިޓްސް އޯކޭއި ޔޫ އާރ ނޮޓްލޭޓް ، އިޓް ވޯޒް ޖަންސްޓް ފޯރ ފަން ލެޓްސް ގޯ އިން” ފިހާރައިގެ މައިދޮރު ހުޅުވައިލަމުން ޝާހިދާ ބުންޏެވެ.
ހެލޯ އެވްރީ ވަން މީޓް ނިޝާ. އަވާރ ނިއު ސްޓާފް.” ޝާހިދާ ފިހާރައިގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ނިޝާ ތަޢާރަފް ކޮށްދިނެވެ.
ނިޝާ.މީޓް ރަނާ ” ކައުންޓަރުކައިރީގައި އިށީންދެލައިގެން އިން ރަނާއަށް އިޝާރާތް ކުރަމުން ޝާހިދާ ބުންޏެވެ. ޝާހިދާގެ އަޑާއެކު ކޮމްޕިއުޓަރުން މަސައްކަތެއް ކުރަން އުޅުނު ރަނާ އިސްއުފުލާ ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
ހާއި ނިޝާ” ރަނާ ގޮނޑިން ތެދުވެލަމުން ބުންޏެވެ. ” މިއަދުން ފެށިގެން ނިޝާ ރަނާއަށް ހެލްޕްވާނެ އެކައުޓް ޕްރިޕެއާރ ކުރުމުގަ…….” މިހެން ބުނެލުމަށް ފަހު ފޯނެއްއައިސްގެން ޝާހިދާ މިސްރާބު ޖެހީ ފިހާރައިގެ މަތީބަޔަށެވެ.
ނިޝާ މުޅިފިހާރައަށް ނަޒަރު ހިންގާލިއެވެ. ފިހާރައިގެ އެކި ތަންތަކުގައި ވަނީ އެކި ވައްތަރުގެ މާތަކާއި ގަސްތަކެކެވެ. ފީހާރަޔަކަށް ވުރެން އެތަން ބޮޑަށްވައްތަރީ ގްރީންހައުސްއަކާއެވެ. މާމެލާމެލީގެ މީރުވަހުން މުޅިމާހައުލަށް އިތު ދިރުމެއްގެނެސް ދެމުން ދިއައެވެ.
ކައުންޓަރކައިރީގައި ހުރި ހުސްގޮނޑީގައި ނިޝާ އިށީނުމާއެކު ރަނާގެ އެތައްހާސް ސުވާލަކާއި ކުރިމަތިލާން ނިޝާއަށް ޖެހުނެވެ. ރަނާގެ ސުވާލުތަކަށް ޖަވާބު ދެމުން ދިއައިރު ނިޝާއަށް ހީވީ އިންޓަވިއުއެއްގައި އިނީހެންނެވެ. ” ސޮރީ ފޯރ ޓޯލްކިން ސޯމަޗް” ރަނާ ހެމުން ބުންޏެވެ. ” އިޓްސް އޯކޭއި” ނިޝާ ބުންޏެވެ.
ފިހާރައިހެ ހުރިހާމަސެއްކަތެއް ނިންމާލުމަށްފަހު ނިޝާއަށް ގެއަށް އާދެވުނުއިރު އިރުއޮއްސި އަދިރުކަން ފެތުރެން ފަށައިފިއެވެ. ރަތް ވިލާތަކާއި މަޑު ފިޔާތޮށި ކުލައިގެ ވިލާތަކުން މުޅި އުދަރެސްވަނީބަރާވެފައެވެ. ނިޝާ މަޑު ހިނގުމެގައި ގޮސް ކާގޭގެ ދޮރު ހުޅުވާލުމަށް ފަހު މޭޒުމަތީ ބަހައްޓާފައި ހުރި ފެންފުޅިއަކުން ތަށްޓަކަށް ފެންއަޅާލައިގެން ބޭރަށް ނިކުތެވެ. ނިޝާ ގޮސް ބަނބުކެޔޮ ގަހުގެކައިރީގައި ބަހައްޓާފައި ހުރި ޖޯލީގައި އިށީންނަމުން ފެންތަށިން ފެންކޯވަރެއް ބޯލިތަނާ ނިޝާއަށް ހީވީ މީހަކު އައިސް ފުރަގަހުން އޭނާގެ ކަންފަތް ކައިރީ އެއްޗެއް ބުނެލި ހެންނެވެ. ސިއްސައިގެންގޮސް ނިޝާގެ އަތުން ފެންތަށި ދޫވެގެންގޮސް ބިންމައްޗަށް ވެއްޓުނެވެ.
ނިޝާ ބިރުން ސިއްސައިގެން ދިއައީ އޭނާގެ އަތުގައި މީހަކު ބީހިލިހެން ހީވެގެންނެވެ. އެވަގުތު ނޭނޭ ރިހުމެއް އެއަތަށް އިހްސާސްވެގެން ދިއައެވެ. ނިޝާ އަވަސްއަވަހަށް ގެއާއި ދިމާއަށް ދުއްވައިގަންނަން އުޅުމާއެކު ކުރިމަތިން ފާޅުވެގެން ދިއައީ ބިޔަ މީހެކެވެ. ނިޝާ މަޑުމަޑުން އިސްއުފުލާ އެމީހާއަށް ބަލައިލުމާއެކު ނިޝާއަށް ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. އެމީހާގެ ލޯހީވަނީ އަނގުރު އަލިފާން ގުޅަތަކެއްހެންނެވެ. ނިޝާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ އޭނާގެ ބިޔަ އަތްތަކުން ނިޝާ ޗިސް ކޮށްލާނެހެންނެވެ. ނިޝާ ބިރުންގޮސް ޚަބަރު ހުސްވެގެން ވެއްޓެންދިޔަ ވަގުތު ނިޝާއަށް ހީވީ މީހަކު އޭނާގެ ހަށިގަނޑުގައި ހިފެހެއްޓި ހެންނެވެ.
ނީޝް ތެދުވެބަލަ. މީމީހުން ނިދާގަޑިއެއްތަ ؟ ” ނޫރާ ޖޯލީގައި ނިދިފައި އޮތް ނިޝާއަށް ގޮވައިލަމުން ބުންޏެވެ. ސިހިފައި ނިޝާ ލޯހުޅުވާލުމާއެކު ނޫރާފެނުމާއެކު ނިޝާއަށް ކުޑަނަމަވެސް ހިތް ހަމަޖެހުމެއްލިބުނެވެ. އެވަގުތު މަޢުރިބް ނަމާދުގެ ބަންގީގެއަޑު އިވެމުން ދިއައެވެ.
އާރ ޔޫ އޯކޭއި؟ ” ނިޝާގެ މޫނުމަތިން ނުތަނަވަސް ކަން ފާޅުވަމުން ދިއުމުގެ ސަބަބުން ނޫރާ ސުވާލު ކުރިއެވެ ” އައިމް ފައިން . ޖަސްޓް ސޯ އަ ބޭޑް ޑްރީމް. ” ނިޝާ ޖޯލިން ތެދުވެލަމުން ބުންޏެވެ. ” ހިޔާރ ޑްރިންކް ސަމް ވޯޓާރ. ” ޖޯލިކައިރީގައި ބަހައްޓާފައި ހުރި ފެން ތަށްޓެއްނަގައި ނިޝާއަށް ދިއްކޮށްލަމުން ނޫރާ ބުންޏެވެ. ނިޝާ ފެންތަށިން ކޯވަރެއް ބޯލުމަށްފަހު ނޫރާއާއެކު މިސްރާބުޖެހީ އެތެރެއަށް ވަނުމަށެވެ.
ނޫރް ހާދަ ބިރުވެރި ހުވެފެނެކޭ ދެންމެފެނުނީ. ” ނިޝާއޭނާގެ ކޮޓަރިއަށް ވަންނަމުން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ބުންޏެވެ. “ވަރަށް ބިރުވެރިތަ ؟ ” ކޮޓަރީގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި އިށީންނަމުން ނޫރާ ސުވާލުކުރިއެވެ. ” ޔާ އަވެރީ ބޭޑް އެންޑް ސްކެއަރީ ޑްރީމް.” ނިޝާ އޭނާއަށް ފެެނުނު ބިރުވެރި ހުވަފެން ނޫރާއަށް ކިޔައިދިނެވެ. ” ތީ ހާދަ ބިރުވެރި ހުވަފެނެކޭ. އަހަރެންނަށް އަދި ތިހާ ބިރުވެރި ހުވަފެނެއް ނުފެނޭ ” ނޫރާ ދެލޯބޮޑުކޮށްލުމަށް ފަހު ބުންޏެވެ.
ހިނގާ އާރިޔާ މެންގެއަށް ދާން ” ގޮނޑިންތެދުވެލަމުން ނޫރާ ބުންޏެވެ. ” މަޢުރިބް ނަމާދު ކޮށްލައިގެން ދާނީ ނޫރް މިތާ މަޑުކުރޭ އަހަރެން އަންނާނަން ވުޟޫ ކޮށްލައިގެން ” ކޮޓަރީގެ ދޮރު ހުޅުވަމުން ނިޝާ ބުންޏެވެ
Ads go here

Comments