މޮޔަ ރާމާމަކުނު
ރާމާމަކުނަކީ ގަސްގަހުގައި އުޅޭ އެއްޗެކެވެ. އއހެން ޖަނަވާރުތައް ފަދައިން، ބިންމަޓިގައި
ދުވުމާއި،
ޝިކާރަކުރުމަކީިވެސް މަކުނަށް ކުރެޥެކަމެއްނޫނެވެ. ޟިގޮނުގައި ހުންނަ ކަހަލަ
ދަޅަކާއި، އެތުގައި ހުންނަކަހަލަ ދަތާއި ހޮނޑެއްވެސް ރާމާމަކުނު ގަޔަކު
ނުހުރެއެވެ. އެހެންކަމުން މަކުނު ދެކެ އެއްވެސް ޖަނަވަރެއް ބިރެއް ނުގަނެއެވެ.
އެއްވެސް ޖަނަވަރެއް މަކުނަކަށް އިޙުތިރާމެއްވެސް ނުކުރެއެވެ.
އެފިކުރުގައި އެއްގަހުން
އަނެއްގަހަށް ފުއްމަނިކޮށް ގޮފިގަނޑަކުން އަތް ކައްސާލައިގެން މަކުނު
ވެއްޓިއްޖެއެވެ. ނޫކުލައިގެ ކުލަ އަޅާފައި ހުރި ތާނގީއެއްގެ ތެރެއަށެވެ. އެތައް
މަސައްކަތަުން ތާނގީން ސަލާމަތްވެގެން ބަލައިލިއިރު، ގައިގައި ހުރީ ނޫކުލައެވެ.
މަކުނު ހިތައް އެރިއެވެ. މޮޅު ކަމެއް ކޮށްލަންވީއެވެ.
ރާމާމަކުނު ދިޔައީ ސިންގާ
ކައިރިއަށެވެ. އެވަގުތު އެތަނުގައި އެހެން ޖަނަވަރުތައް ތިއްބެވެ.
" އަހަރެންނަކީ އާ ވައްތަރެއްގެ ޖަނަވާރެއް. މި
ކުލައިގެ އެހެން ޖަނަވާރެއް ނުވެސް އުޅޭނެ. އެހެންވެ ޖަނަވާރުންގެ ރަސްކަލަކަށް
ހުރުން އެންމެ އެކަށިގެންވަނީ އަހަރެން."
ހުރިހާ ޖަނަވާރުތައް އެކަން ގަބޫލުކުރިއެވެ. އެކަމަކު ސިންގާ ގަބޫލެއް
ނުކުރިއެވެ. ސިންގާގެ ތަޚުތުން ފައިބަމުން ސިންގަ ބުންޏެވެ."" ހުރިހާ ޖަނަވަރުތައް
އެދޭގޮތެއް އަހަރެން ހަދާނަން. "
ތާޖުއެޅީ
ރާމާމަކުނެވެ. މަކުނަށް ރަސްކަން ލިބުމުން ޖަނަވަރުތައް މަރުހަބާ ކިޔެވެ.
އުފާކުރިއެވެ. އެހެން ނަމަވެސް ސިންގާ އުފަލެއް ނުވެއެވެ. ރޭގަނޑުވުމުން
ޖަނަވަރުތައް ނިދައިފިއެވެ. މަކުނުވެސް ނުދައިފިއެވެ. ނަމަވެސް ސިންގާއަކަށް
ނުނިދުނެވެ. ސިންގާ މަޑުމަޑުން މަކުނު ކައިރިއަށް ދިޔައެވެ. އަދި ބާރަށް
ހަޅޭލަވައިގަތެވެ. ސިއްސައިގެން ގޮސް ހޭލެވުމައިއެކު މަކުނު ގެ އަޑުން ބުންޏެވެ.
" ކަލޭމެންނަ ހަދައިގެން ރަނގަޅަށް ނިދާލެވޭކަށް ނޯވެއެވެ. މީ ކިހާ
ދެރަކަމެއް ހެއްޔެވެ.
ސިންގާ ސުވަލު ކުރިއެވެ. " ތީ ރާމާމަކުނެއްދޯ؟ "
ކުދިންނޭ މަކުނަށް އެއީ ޖަނަވަރުތަކުގެ ވެރިޔާކަންވެސް ހަނދާންވީ ސިންގަ
އެހެން ބުނުމުން! ދެންވީ ގޮތަކީ
މަކުނު ތާޖު އެއްލައިލާފައި ދުއްވައިގަތީއެވެ.އަދި މަކުނަށް ސިންގާގެ
ވަކިތަކުގެ ދަށުން ސަލާމަތްވީ ގަހަށް އެރުނީމައެވެ.
މިވާހަކަ އިން ލިބޭ އިބުރަތަކީ ގައިގެ ކުލަބަދަލުވިޔަސް
ބުއްދިނެތްނަމަ އެއްވެސް ކަމެއް ރަނގަަޅަކަށް ނުކުރެވޭނެކަން.
Ads go here

Comments