އިންސާނާ ނުފެނިގެން އުޅުނު މިނިކާވަގު



         މިނިކާވަގަށް އިސްނާނުންގެ ވާހަކަ އަޑުއިވުމުން ، އިންސާނަކުދެކެން ވަރަށްބޭނުން ވެއްޖެއެވެ. އަދި އިންސާނެއް ހޯދުމުގެ ނިޔަތުގައި ނިކުމެއްޖެއެވެ. ހިނގަމުން ހިނގަމުން ދަނިކޮށް ބުޅަލަކާއި ދިމާވެއްޖެއެވެ. މިނިކާވަގު ބުޅާ ގާތު ބުންނެވެ.  " ބުޅަލާ އަހަރެންނަށް އިންސާނެއް ދައްކަބަލަ."
ބުޅާ ބުނި " އިންސާނުން ދެކެން ބޭނުންނަމަ މަށާއެކު އާދޭ؟ "
މިނިކާވަގާއި ބުޅާހިނަގަމުން ހިނގަމުން ދަނިކޮށް ގެރިއެއް ފެނިއްޖެއެވެ. މިނިކާވަގު ބުންޏެވެ.  " އެއީތަ ތިބުނާ އިންސާނުންނަކީ. ހާދަ ބޮޑޭދޯ! "
ބުޅާ ބުނި. " އެއީ އިންސާނެއް ނޫން. ގެރިއެއް. އެއީ އަހަރެމެން ކަހަލަ ޖަނަވާރެއް. އެއީ އިންސާނުން އެކިކަންކަމަށްޓަކައި ބޭނުންކުރާއެއްޗެއް. އިންސާނުންނަކީ ދެފައި މައްޗަށް ކޮޅަށް ތިބޭ ބައެއް"
އަނެއްކާވެސް މި ދޭތި ހިނގަމުން ދަނިކޮށް ކުކުޅެއް ފެނިއްޖެއެވެ. މިނިކާވަގު ބުންނެވެ."މިއީތާ އިންސާނަކީ. މީތި ހުރީ ދެފައިމައްޗަށް ކޮޅަށް. މިހާ ކުޑަކުޑަ އެއްޗެއްތަ މާ ގަދަވެގެން މިއުޅެނީ." 
ބުޅާ ބުނި." އެއީ ކުކުޅެއް. އެއީވެސް އިންސާނުން ކެއުމަށް ގެންގުޅޭ އެއްޗެއް. އަދި މިނޫނަސް ބައެއް އެހެން ޖަނަޥާރުތައްވެސް އިންސާނުންގެ އެކިއެކިބޭނުންތައް ފުއްދުމަށް ގެންގުޅޭ"
މިނިކާވަގު ވަރަށް ރުޅިއައިސްގެން ބުނި. " ނިކަން ތިޔަ އިންސާނަކު އަހަރެންނަށް ދައްކަބަލަ. ދުވަސް ދުއްވާލާލަން."
މިހެންކިޔާ ދޭތި ވަލަތެރެއަށް ވަދެގެން ދަނިކޮށް ދަރުކޮށަންހުރި މީހަކު ފެނިއްޖެއެވެ.ބުޅާބުންޏެވެ."މިހިރީ އިންސާނެކެވެ." މިނިކާވަގު އެމީހާ ކައިރިއަށް ޖެހިލާފައި ބުންޏެވެ." ކަލޭމެން މާ ބާރުގަދަބަޔަކަށް ވެގެން ތިޔަ އުޅެނީ ކޮންބާރެއް ލިބިގެންތަ؟ އަހަރެމެންގެ ތެރެއިން ބާރުގަދައީ ކާކުތޯ ބަލަން ހިނގާ!" އިންސާނާ ވިސްނާލާފައި ބުނި " އަހަރެން މިއައީ،އަހަރެންގެ ބާރު ގޭގައި ބާއްވާފައި." މިނިކާވަގު ބުންޏެވެ. " ކަލޭ ދޭ ގެއަށްގޮސް ބާރު ހިފައިގެން އަންނަން. "    އިންސާނާ ބުންޏެވެ. "އަހަރެން ގެއަށްގޮއްސައި އަންނަ އިރު ކަލޭ މިތާ ހުންނާނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތް." މިނިކާވަގު ބުންޏެވެ.އެހެންވިއްޔާ މި ގަހާއެކު އަހަރެން ބަނދެލާ.އޭރުން ގައިމުވެސް ޔަޤީންކަން އޮންނާނެެއެވެ." އިންސާނާ ވަގުތު ބޭނުންހިފާ ވަގުތުން މިނިކާވަގު ބަނދެލިއެވެ.އަދި ބުންޏެވެ." މިހާރު އަހަރެންނަށް ބާރު ލިބިއްޖެއެވެ." މިހެންކިޔާ ދަނޑިބުރިއެއް ނަގާ މިނިކާވަގު ގައިގާ ތަޅާ،މިނިކާވަގު މަރާލިއެވެ.
ނުރައްކަލަކާއި ދިމާވުމުން ބުއްދީގެ ބޭނުންކޮށްފިނަމަ ސަލާމަތްވުމަކީ ފަސޭހަކަމެކެވެ.
ކުކުޅާއި މިނިކާވަގު
       ޖަންގަލީގެ ގަސް ބޯ ހިސާބެއްގައި ކުކުޅަކާއި ތިން ފިޔޮއް އުޅެމުންދެއެވެ.
އެހިސާބާއި މާދުރުނޫން ހިސާބެއްގައި މިނިކާވަގެއް އުޅެއެވެ.
އެހެންވެ އެއްވެސް ޖަނަވާރެއް އެހިސާބަކަށް ނުދެއެވެ.އެއީ މިނިކާވަގު ކާލަފާނެތީއެވެ.
ތިން ފިޔޮކަކީ މަންމަ ކުކުޅުގެ ބަސްއަހާ ފިޔޮއްތަކެކެވެ.
މަންމަޔާއިއެކު ނޫނީ އެއްވެސް ތާކަށް ފިޔޮއްތަކެއް ނުދެއެވެ.
މަންމަނެތަސް މި ތިން ފިޔޮއް އުޅެނީ ވަރަށް އެއްކޮށެވެ.
އެއްދުވަހަކު ކާނެ އެއްޗެއް ހޯދަން މަންމަ ކުކުޅު ބޭރަށް ނުކުތެވެ.ހިނގަހިނގާވެސް ކާނެ އެއްޗެއް ނުލިބުނެވެ.
ނަމަވެސް ދަރިންނަށް ކާނެ އެއްޗެއް ނުލާ ގެއަށްދާކަށް ކުކުޅު ހިންހަމައެއް ނުޖެހުނެއެވެ.
އެހެންވެ އަނެއްކާވެސް މަސައްކަތް ކުރަން ފެށިއެވެ.ވަރަށް މަސައްކަތުން ކާނެ އެއްޗެއް ހޯދިއެވެ.
ނަމަވެސް އޭރު ހިނގަމުން ހިނގަމުން އެއްކަލަ މިނިކާވަގު އުޅޭ ހިސާބަށް ކުކުޅަށް ދެވިއްޖެއެވެ.
ކުކުޅު ވަރަށް ބިރުން އައިކޮޅަށް ދާން އެނބުރިލިއިރު،
ކުރިމަތީގައި އެއްކަލަ މިނިކާވަގު އޮތެވެ.
މިނިކާވަގު ކުކުޅަށް ބަލައިލާފައި ބުންޏެވެ.
"ހައްހައްހާ.އަހަރެން މިހުރީ ވަރަށް ބަނޑުހާވެފައި.މިއަދު މި ލިބުނީ ކިހާ ރަނގަޅު ކާނާއެއް."
ކުކުޅު ބިރުން ހުރެ ބުންޏެވެ.
"އަހަރެން ކައި ނުލާށެ.އަހަރެން މިއުޅެނީ އަހަރެންގެ ދަރިންނަށް ކާނެއެއްޗެއް ހޯދަން އައިހެ."
މިނިކާވަގު ރުޅިއައިސްފައި ބުންޏެވެ.
"އަހަރެން މިހާ ބަނޑުހައި ވެފައި ހުއްޓާ ކުކުޅު ދޫކޮށެއް ނުލެވޭނެއެވެ.މިފަހަރު ހަމަ ކާލާނީއެވެ."
ކުކުޅު ރޮއެ އާދޭސް ކުރަން ފެށިއެވެ.ނަމަވެސް މިނިކާވަގު ކުކުޅު ދޫކޮށްލާކަށް ހިޔާލެއް ނުކުރިއެވެ.އެންމެ ފަހުން ކުކުޅު މިނިކާވަގު ގާތު އެދުނީ ކުކުޅު ހޯދި ކާއެއްޗެހިތައް އޭތީގެ ތިން ދަރިންނަށް ދީފައި އަންނަން ފުރުސަތު ދިނުމަށެވެ.އަދި ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައި އެކަން ކޮށްދިނުމަށް ކުކުޅު އެދުނެވެ.
އެންމެފަހުން މިނިކާވަގު އެއްބަސްވިއެވެ.
ނަމަވެސް އަންނަންޖެހޭނެ ކަމަށްބުނެ ކުކުޅަށް ބިރު ދެއްކުމަށްފަހުއެވެ.އަދި ކުކުޅު އަންނަންދެން އެތާނގައި އޮންނާނެކަމަށް ބުންޏެވެ.
ކުކުޅު އޭތީގެ ދަރިންގެ ގާތަށްގޮސް ކަންތައްވީގޮތް ކިޔައިދިނެވެ.އަދި ކުކުޅުދާން ޖެހޭނެކަން ބުނެދިނެވެ.އެއީ މިނިކާވަގުގާތު ވައުދު ވެވިފައި އޮތީމައެވެ.
ކުކުޅު އޭތީގެ ދަރިންނަށް ކާންދީނިމުމަށްފަހު ސަލާމް ކޮށް ވަރަށް ދެރަވެގެން ރޮއެރޮއެފައި މިނިކާވަގު ގާތަށް ދިޔައެވެ.
މިނިކާވަގަށް ކުކުޅު އައިތަން ފެނުމުން ވަރަށް ހައިރާންވެ ހުރެ ބުންޏެވެ.
"އަހަރެން ކަލޭ ކާލަފާނެތީ ބިރެއް ނުގަނޭ ހެއްޔެވެ؟"
ކުކުޅު ޖަވާބު ދިނެވެ.
"އަހަރެން ބިރުގަނެއެވެ.ނަމަވެސް އަހަރެންނަށް ކަލޭ ގާތު
އަންނާނެކަމަށް ވައުދު ވެފައި ވާތީ މިއައީއެވެ.ދޮގު ހެދުމަކީ ވަރަށް ގޯސް ސިފައެއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ."
ކުކުޅުގެ ވާހަކަތައް އަޑުއަހާފައި މިނިކާވަގުގެ ހިތައްއެރިއެވެ.

"މި ކުކުޅު ދޫކޮށްލައިފިނަމަ އަހަރެންނަށް އެކުރެވުނީ ހެޔޮކަމެކެވެ.އެހެންވީމާ މިފަހަރު ކުކުޅު ދޫކޮށްލާފައި ކާނެ އެހެން އެއްޗެއް ހޯދަންދާނީއެވެ."
Ads go here

Comments