އަޝްފާ އާއި ދީޕިކާ ވައްތަރުތަ؟


  • 32

ބުރުގާ އެޅުމުގެ ސްޓައިލާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ބުރުގާ ބޭލި މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އަޝްފާ، އާއި ބޮލީވުޑުގެ އެކްޓްރެސް އެއް ކަމަށްވާ ދީޕިކާއާއި ވައްތަރު ކޮށްފި އެވެ.
"މޯލްޑިވިއަންސް ހޫ ލުކް ލައިކް ސެލެބްރިޓީޒް" ފޭސްބުކް ޕޭޖަކީ ބޭރުގެ ފަންނާނުންނާއި އެހެނިހެން މަޝްހޫރު ފަރާތްތަކާއި ވައްތަރު ދިވެހިންގެ ފޮޓޯ ޖަހާ ޕޭޖެކެވެ. މި ޕޭޖުން ކުރާ ޕޯސްޓުތަކަކީ މަޖާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކޭ އިރު އެކަމުގެ ސަބަބުން ޕޭޖު ވަރަށް މަގުބޫލެވެ.
"މޯލްޑިވިއަންސް ހޫ ލުކް ލައިކް ސެލެބްރިޓީޒް" އިން މި މަހުގެ 15 ވަނަ ދުވަހު ކުރި ޕޯސްޓެއްގައި ދިވެހި ލަވަ ކިޔުންތެރިޔާ އަޝްފާ ވައްތަރީ ބޮލީވުޑުގެ އެކްޓްރެސް ދީޕިކާ އާއި ކަމަށް ވަނީ ބުނެފައެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އަދި އަޝްފާއާއި ދީޕިކާ ވައްތަރުތޯ ބަހުސް ކުރަން ފެށިއެވެ.
ދާދި ފަހުން ރަސްމީކޮށް ބުރުގާ ބޭލި އަޝްފާ ވަނީ މިދުވަސްކޮޅު މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. ގިނަ ބަޔަކު އަޝްފާގެ ނިންމުމަށް ފާޑު ކިޔަމުން ދިޔަ ނަމަވެސް އަޝްފާ އެކަމާ މެދު އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.
މިއުޒިކް ޝޯވ ތަކާއި އެވޯރޑް ޚަފްލާތައް އަދި އެނޫންވެސް އާއްމު ޚަފްލާތަކުގައި އަޝްފާގެ ހެދުން އެޅުމާއި ބުރުގާގެ ސްޓައިލަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ. އެހެންނަމަވެސް، އެކަންކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަމަށް އަޝްފާވަނީ މީގެކުރިންވެސް ބުނެފައެވެ.
އަޝްފާއަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ، މުޙައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ އަންހެނުންނެވެ. އަޝްފާވަނީ ގިނަ ޝޯވ ތަކަކަށާއި ބައެއް ފިލްމުތަކަށްވެސް ލަވަ ކިޔައިދީފައެވެ.
Ads go here

Comments