ބައިސްކަލު ރޭސް
ހާމިދަކީ ވަރަށް ބައިސްކަލް ދުއްވާ ހިތްވާ ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް
އޭނަ ބައިސްކަލް ދުއްވަންދެއެވެ. މަންމަ ނުދާށޭ ބުންޏަސް އޭނާއަކަށް އެއަޑެއް
ނީވެއެވެ. މިޔަދުވެސް ހާމިދު ބައިސްކަލް ދުއްވަން ދިޔައީ އޭނާގެ މަންމަ ނުދާށޭ
ކިޔަކިޔާ ހުއްޓައެވެ.
ހާމިދު ބައިސްކަލް ދުއްވަމުން ދިޔައީ ރަށުގެ
ބޮޑުމަގުންނެވެ. އޭނާއަށް ވަކި ހިސާބަކަށް ދެވުނުތަނާ ފަހަތުން ޤާސިމް ގޮވާލިއެވެ.
އަހަރެން ހާމިދަށްވުރެ ކުރިން މަގުކޮޅަށްދާނަމެވެ. ހާމިދު ގޮވާލިއެވެ. އަހަރެން ޤާސިމަށްވުރެ
ކުރިން ދާނަމެވެ. ޤާސިމް ބުންޏެވެ. ރޭހެއް ޖަހަމާ ހިނގާށެވެ.
ދެކުދިން އެކަމަށް
އެއްބަސްވެގެން ރޭހެއް ޖަހަން ތައްޔާރުވިއެވެ. އެކެއް، ދޭއް، ތިނެއް ކިޔާ ދެކުދިން
ބައިސްކަލް ދުއްވަން ފެށިއެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށްވުރެ ބާރަށް
ބައިސްކަލް ދުއްވަމުން ދެއެވެ.

އޭރު މަގުމަތިން އެއްޗެހި ވިއްކަމުންދިޔަ ދޮންތަކުރުގެ
ކައިރިއަށް ހައްވަ އޭނާގެ ކުޑަ ދަރިފުޅު ގޮވައިގެން ކުރުނބަލެއް ގަންނަން އައިސް
ހުއްޓެވެ. ހައްވަ ހުރީ ގާޑިޔަލުގައި ހުރި އެއްޗެއްސަށް ބަލާށެވެ.
ހާމިދު އާއި ޤާސިމް އައިލެއް ބާރުކަމުން ހާމިދު
ޖެހުނީ ދޮންތަކުރުގެ ގާޑިޔަލުގައެވެ. ދޮންތަކުރު ވެއްޓުނީ އެވެ. އަދި ޤާސިމް ހައްވަގެ
ގައިގައި ނުޖެހުނީ ހަމަކިރިޔާއެވެ. ހައްވަ ބިރުން ހަޅޭލަވައިގަތެވެ. އަދި ހައްވަގެ
ދަރިފުޅު ބިރުން ރޯންފެށިއެވެ.
Ads go here

Comments