އެލުމިނިއަމް ފޮއިލް ކޮޅެއް ބޭނުންކޮށްގެން ވައިފައި ސިގްނަލް ރަނގަޅު ކުރާނީ ކިހިނެއް؟

އިންޓަނެޓާއި ސޯޝަލް މީޑިއާގެ މިޒަމާނުގައި ވައިފައި އާއި ނުލައި ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ދިރިއުޅުމުގެ ވަރަށް ބޮޑުބައި އިންޓަނެޓާއި ގުޅިފައި އޮންނަ އިރު ވައިފައިގެ ސިގްނަލް ރަނގަޅު ވެގެން ނޫނީ ގިނަ މީހުންނަށް ދިރިއުޅުމުގެ ބައެއް ކަންތަކާއި އެކު ކުރިއަށް ދާން އުނދަގޫ ވެއެވެ. އެހެން ކަމުން ސައިސްވެރިން މިހާރު ވަނީ ވައިފައި ރައުޓަރުގެ ސިގްނަލް ރަނގަޅު ކުރާނެ ގޮތާއި މެދު ދިރާސާއެއް ކޮށް އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާފައެވެ.
މި ދިރާސާއަކީ ނެދަލޭންޑްސްގައި ބޭއްވި "އޭސީއެމްސް ބިލްޑްސިސް" އިވެންޓުގައި ހުށަހަޅާފައިވާ ދިރާސާއެކެވެ، ދިރާސާއިން ދެއްކި ގޮތުގައި ވައިފައި ސިގްނަލް ބޫސްޓު ކުރަން ހަމައެކަނި ބޭނުން ވަނީ ވަކި ގޮތަކަށް ތައްޔާރުކޮށްފައިވާ އެލުމިނިއަމް ފޮއިލް ކޮޅެކެވެ.
"މި ކުޑަ ކަމުން ވައިފައި ބޭނުން ކުރާ ގިނަ މީހުންގެ މައްސަލައައް ހައްލެއް ގެނެވިދާނެ." ޑާތްމުތް ކޮލެޖުގެ ކޮމްޕިއުޓާ ސައިންސް ޑިޕާޓްމެންޓުގެ ޕްރޮފެސަރ ޒިއާ ޒޫ ނެރުނު ބަޔާނެއްގައި ބުންޏެވެ. "މިކަމުން ސިގްނަލް ވަރުގަދަ ކުރުމުގެ އިތުރުން ސިގްނަލް އިތުރަށް ސެކިއޯ ވެސް ކޮށްދޭނެ"
މީގެ ކުރިން ސައިންސުވެރިން ކުރި ދިރާސާއެއްގައި ވަނީ އެލުމިނިއަމް އިން ހަދާފައިވާ ދަޅެއް ވައިފައި ރައުޓަރެއް ކައިރާގައި ބެހެއްޓުމުން ސިގްނަލް ބޫސްޓުވާ ކަން ވަނީ ހޯދާފައެވެ. މި ދިރާސާގެ އަލީގައި އެލުމިނިއަމްގެ ބައްޓަމަށް ބަދަލު ގެނެސްގެން ވައިފައި ސިގްނަލް އިތުރަށް ބޫސްޓު ކުރުމަށް ސައިންވެރިން މަސައްކަތް ފެށިއެވެ.
އެގޮތުން "އޭސީއެމްސް ބިލްޑްސިސް" ގައި ހުށަހެޅި ދިރާސާއިން ދައްކާ ގޮތުގައި ސިގްނަލް ވަރުގަދަ ކުރަން އެލުމިނިއަމް އެންމެ ރަނގަޅީ "ވޭވް" ނުވަތަ ރާޅެއްގެ ބައްޓަމަށް ހެދުމުންނެވެ. އަދި މިގޮތަށް ބަދަލު ގެންނަން އެންމެ ފަސޭހައީ އެލުމިނިއަމް ފޮއިލް އިންނެވެ.
ވައިފައި ސިގްނަލް ބޫސްޓު ކުރާނެ އެހެން ގޮތްތައް ހުރި ނަމަވެސް މި ދިރާސާ ކުރި ފަރާތުން ބުނަނީ މި ގޮތް ގިނަ ރައުޓަރު ތަކުގައި މަސައްކަތް ކުރާ ކަމަށެވެ.
Ads go here

Comments