ހާލިދާ
އަހަރެން މިރަށަށް އައީ މިރަށު މީހަކާއި އިނދެގެންނެވެ. މިރަށުގައި ދެމަސް ދުވަސް ވީއިރުވެސް އަހަރެން ތަންތަނަށްގޮހެއް ނޫޅެމެވެ. އެއްދުވަހަކު ގޭ ކުއްޖަކާއިއެކު ހިނގާލަން ދިޔައީމެވެ. ގެއާއި މާދުރުނޫން ހިސާބަކަށްގޮސްފަައި އަހަރެންނަށް ހުއްޓެވުނެވެ. ރީތި ގެއެއް ފެނިގެންނެވެ. ގެ ޑިޒައިންކޮށްފައިހުރިލެއް ރީތި ކަމެވެ. އެގޭގެ ހޯލަތެރޭގައި ހައްދާފައިވާ ތަފާތުވައްތަރުގެ ކާތަކެތި އަޅާ ގަސްތަކާއި ބަގީޗާގަސްތައް ފެނުމުންނެވެ. އަހަރެން މިއީ ކޮންގެއެއްތޯ އެހުމުން ތިއީ ފޮނި ހާލިދާމެންގެ ރީތިގެ ކަމުގައި ބުންޏެވެ. އަދި ހާލިދާ އަކީ މީހުންނާއި ވާހަކަދައްކާ އުޅޭ މީހެއް ނޫންކަމުން އެގެއަށް މީހުންގޮސް ނޫޅޭކަމާއި އަދި އޭނާގެ މަންމަ އަށް އަޅާނުލާ ކަމަށްވެސް ބުންޏެވެ.
ޖެހިގެންއައި ދުވަހުގެ
ހެނދުނެވެ. އަހަރެން ތެލިދޮންނަން ދާން ނިކުތީމެވެ. އެހެންނަމަވެސް މަގު ބަދަލުކޮށްލީމެވެ. ރީތިގެ ހުންނަ މަގުންނެވެ. ތެލިދޮވެ ނިމިގެން ހިނގައިގަންތަނާ
ހާލިދާ (ރީތި ގޭގެ އޮޅިގަނޑު) އާއި ދިމާވެއްޖެއެވެ. އޭނާ އަހަރެންނާއި ވާހަކަ
ދެއްކިއެވެ. ފުރަތަމަ ވާހަކަދެއްކުމުންވެސް ވަރަށް ހިތްހެޔޮ މީހެއްހެ ގޮތުގައި
ބަލައިގަނެވުނެވެ. އެގެއަށް އައުމަށް ދައުވަތު ދިނެވެ. އަހަރެން ހައިރާންވީއެވެ. ކޮއްކޮ
ބުނިފަދަ ކަމެއް ފާހަގަ ނުކުރެވި،ފުރަތަމަ ފެނުނު ފަހަރުވެސް ގެއަށް އައުމަށް
ދައުވަތު ދިނީތީއެވެ. އަހަރެން އެކަން ޤަބުލުކުރީމެވެ. އަދި ހަވީރު އަންނާނެކަމަށްބުނެ ގެއަށް ދިޔައީމެވެ.ހަވީރުވުމުން
އަހަރެން އެގެއަށް ދިޔައީމެވެ.
އަހަރެން. އައްސަލާމް ޢަލައިކުމް.
ހާލިދާ: އަވަަހަށް އާދޭ.އިށީނދޭ. މިއީ އަހަރެންގެ ފިރިމީހާ. އަދި މިއިނީ
އަހަރެމެންގެ ދަރިފުޅު ޝަފުޤާ. (އުފާވެފައި އިނދެ)
އަހަރެން:( ރިފުޤާ ގެނެސް ކައިރީގައި ބައިންދަމުން) އެހެންތަ. ދެން
އެކަކުވެސް ނޫޅޭތަ؟
ޝަފުޤާ: ނޫން. އަދި މާމަ
ހުންނާނެ.
(އެވަގުތު ހާލިދާމެން ދެމަފިރިންގެ
މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔުން)
އަހަރެން އެމީހުންނާއި ވާހަކަ
ދައްކަން އިނީމެވެ. އިރުއިރު ކޮޅާ ވަށައިގެން ބަލައިލެވެއެވެ. އެބުނާ މާމަ
ކޮބާބާއެވެ. އަހަރެންގެ އެސުވާލުން އެމީހުންގެ މޫނުގެ ކުލަވަރު ބަދަލުވީ
ކީއްވެބާއެވެ؟ މިފަދަ އެތައް ސުވާލެއް އަހަރެންގެ ހިތަށް އަރަމުންދިޔައެވެ. އެ
ކުޑަ އާއިލާއާއި އެކު ވަރަށް ގިނައިރުވަންދެން ވާހަކަ ދައްކަން ތިބުމަށްފަހު
އަހަރެން ގެއަށް ދިޔައީމެވެ. އެހެން ނަމަވެސް ހިތުގައި އުފެދިފައިވާ
ސުވާލުތަކައިމެދު ވަރަށް ވިސްނުނެވެ. (ކިޔަމުންދާއިރު މަންޒަރު ފެނުން)
ދުވަސްތައް ފާއިތުވަމުން
ދާވަރަކަށް އަހަރެންނާއި ހާލިދާމެންނާއި ގުޅުންބަދަހިވަމުން ދިޔައެވެ. ވަރަށް
ގިނައިން އެގެއަށް ދެވެންފެށިއެވެ.އެކަމަކު އެންމެ ފަހަރަކުވެސް ޝަފުޤާ ބުނި
މާމައެއް ނުފެނެއެވެ. ހާލިދާވެސް ބައެއް ފަހަރު އަހަރެންނާއިއެކު ބޭރަށްދެއެވެ. ރަށުގެ
މީހުން އެކަމާއި ހައިރާންވެގެން ބަލަންވެސް ތިބެއެވެ. އަހަރެންނަށް ފާހަގަ ކުރެވޭ
އެހެންކަމެއްވެއެވެ. ކޮންމެ ތާކަށްދިޔަޔަސް ހާލިދާގެ ސާފުތާހިރު ކަމެއް
ނުހުރެއެވެ. ގެއަށް ލިބިފައިވާ ތާހިރުކަން އޭނަގެ ނެތީ ކީއްވެބާއޭ!
އެއްދުވަހެއްގެ ހެނދުނެވެ.
އަހަރެން އެގެއަށް ދިޔައީ ރަށުން ފޮނުވި ތަރުކާރީތަކުން، ތަރުކާރީކޮޅެއް
ހިފައިގެންނެވެ. އެދުވަހު ޝަފުގާބުނި މާމަ
ވެސް ފެނިއްޖެއެވެ. އެހެންނަމަވެސް އެމާމަ ފެނުނީ ކިހިނެތްތޯއެވެ. އަހަރެންގެ
މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. (ކިޔަމުން ދާއިރު މަންޒަރު ފެނުން)
އަހަރެން: އައްސަލާމް ޢަލައިކުމް. (ޖަވާބެއް ނުލިބުން. ތިންވަނަ ފަހަރަށް
ގޮވާލުމުން ވޭނީ އަޑަކުން ސަލާމް ބަލައިގަތްއަޑު އިވުން) އެތެރެއަށް ވަނުން. މީހަކުފެންނަން ނެތުމުން ބަދިގެއާއިވީ ފަރާތަށް
ދިޔުން. އެވޭނީ ކެކުޅުމުގެ އަޑު އިވިއްޖެއެވެ. މަޑުޖެހެވިއްޖެއެވެ. އެއަޑު
އަންނަނީ ކޮންކޮޓަރިއަކުންކަން އެނގުމުން، އެކޮޓަރީގެ ދޮރު ހުޅުވާލަން ތަޅުގައި
ހިފީމެވެ. ބޭރުން ތަންޑުއަޅުވާފައި ވުމުން ވަރަށް ކަންބޮޑުވިއެވެ. އަހަރެން ދޮރު
ހުޅުވައިލީމެވެ.
އަހަރެން: މާތް ކަލާކޯ! މިއީ ކޮންފަދަ އަނިޔާއެއް!
(މިއީ ރިފުގާ ބުނި މާމަކަން އަހަރެންނަށް އެނގިއްޖެއެވެ.މިއީ ރީތި ހަމަ
އެހާމެ ސާފުތާހިރުކަމަށް ލޯބިކުރާ މީހެއްކަން މާމަ ފެންނަ ކޮންމެ މީހަކަށްވެސް
އެނގޭނެއެވެ.އެކަމަކު މި މާމަ ކޮޓަރިއަށްލާ ތަޅުލާފައި މިގޭ މީހުން ދިޔައީ
ކޮންތާކަށްބާއެވެ. މި މީހާއަށް މިހެން ހަދާފައި އެދިޔައީ، އަނެއްކާ މީ
މޮޔައެއްބާއެވެ. މިކަހަލަ އެތައް ސުވާލުތަކެއް އަހަރެންގެ ހިތަށް އަރަމުން
ދިޔައެވެ.)
މާމަ: ކޮއްކޯ. މި ދޮރު ހުޅުވީ ކޮއްކޮ ތަ؟
އަހަރެން: (ސިހިފައި) ހޫނ!
އެމާމަގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. އަހަރެން މާމަ ގާތު
އިށީއިނީމެވެ.
އަހަރެން: " މާމާ. އަހަރެން ނަކީ ހާލިދާމެންގެ ރައްޓެއްސެކެވެ. އަހަރެން
މިގެއަށް އަންނަތާ ދުވަސްކޮޅެއްޖެއެވެ. އެކަމަކު މާމައެއް ނުދެކެވެ. މާމަ ކޮޓަރިން
ނުނިކުމެ ތިއިންނަނި ކީއްވެހެއްޔެވެ؟"
މާމަ: (ރޯންފަށާފައި) "ދަރިފުޅާއެވެ. ހާލިދާއަކީ މާމަގެ ހުރި ހަމައެކަނި
ދަރިފުޅު. މިޔަދު ( ކުޑަކޮށް މަޑުޖެހިފައި) އަހަރެން މުސްކުޅިވި ދުވަހު އޭނާ އަހަރެންމަތިން ފޫހިވެއްޖެއެވެ."
މި ހިސާބަށް ބުނެވުމާއި އެކު އެ މާމައަށް ބާރަށް ރޮވިއްޖެއެވެ. އަނެއްކާވެސް
މާމަ ބުންޏެވެ. "އަވަހަށްދާށެވެ. މިހާރު އެމީހުން އަންނާނެއެވެ. "
އަހަރެން ވަރަށް ދެރަވިއެވެ.
އޮޅުން ފިލުވަން ބޭނުންވާ ކިތަމެކަމެއް އެބަހުއްޓެވެ. އެހެންނަމަވެސް އެހެންގޮތެއް
ނެތުމުން އެތަރުކާރީކޮޅު ހިފައިގެން ގެއަށް ދިޔައީމެވެ. ފަހުންދާން
ނިންމައިގެންނެވެ. ހަމައެދުވަހު މެންދުރުފަހު އަހަރެން އަނެއްކާވެސް އެގެއަށް
ދިޔައީމެވެ. އެމީހުންތިބީ ކާށެވެ. އަހަރެންނަށް ހައިރާންކަން ލިބިގެން ދިޔައީ
އެއްކަލަ މާމަ ފެނުމުންނެވެ.އެދެމީހުން ތިބީ މާމައަށް ފުރަގަސް ދީގެންނެވެ. އެތިންމީހުން ބޮޑު މޭޒެއްގެ ކައިރީގައި ކާން
ތިބިއިރު އެމާމަ އިނީ ބިންމަތީގައެވެ. ކުޑަ ތައްޓަކަށް ހުސް ގަރުދިޔަކޮޅެއް އަޅާފައިވާ
ބަތްކޮޅަކާއި ކުޑަކުޑަ ފެންފޮދެއް ހިފައިގެންނެވެ. މާމަ ކާގޮތުން ވަރަށް
ހައިވެފައިކަން އެނގެއެވެ. އަހަރެން ނޭނގޭކަމަށް ހަދައި ހާލިދާއަތަށް ތަރުކާރީ
ކޮޅު ދިނީމެވެ. އެމީހުން އަހަރެންނަށް ކާން ގޮވިއެވެ. އަހަރެން މިއައީ
ކައިގެންނޭ، މިތާ ބޭރުގައި މަޑުކޮށްލައިނަމޭ ބުނީމެވެ. އަދި ބޭރަށް ނިކުމެ އެގޭ
ޖޯލިފަތީގައި އިށީއިނީމެވެ. އަހަރެންނަށް އެމީހުންފެނެއެވެ. އެކަމަކު އެމީހުންނަކަށް
އަހަރެންނެއް ނުފެނެއެވެ. މާމަ އެއިންގޮތަށް އިނދެގެން ކަމުން ގެންދެއެވެ.
އިސްއުފުލާވެސް ނުލައެވެ. މާމަގެ ކަރަށް ތަދުވެދާނެޔޭ އެތަށްފަހަރަކު
ހިތަށްއެރިއެވެ. ފެންނަފެނުމަސް ހީވަނީ ނުކުޅެދޭ މީހެއް ހެންނެވެ. ކުޑަކުޑަ ޝަފުގާ
އިރުއިރުކޮޅާ މާމައަށް ބަލައިލައެވެ. ބައެއްފަހަރަަށް ގޮވާވެސްލައެވެ. އެއިން ކޮންމެފަހަރަކުވެސް
ހާލިދާ އެކަން މަނާކުރެއެވެ. މާމަ ކައި ނިމުމާއި އެކު ހާލިދާގެ އަޑު
އިވިގެންދިޔައެވެ. "ހަމަ މިހާރު ގޮސް ކޮޓަރިއަށް ވަންނާށެވެ."
ބަސްއަހާ ކިޔަމެންތެރި ކުއްޖެއްފަދައިން އެމާމަ ކޮޓަރިއަށް ވަނެވެ. ހަމަ ވަނުމާއި
އެކު ހާލިދާގެ ފިރިމީހާ އައިސް ބޭރުން ތަންޑު އަޅުވައިފިއެވެ. ކުޑަކުޑަ ޝަފުގާ
އެމަންޒަރުތައް ވަރަށް ޝައުޤުވެރިކަމާއިއެކު ބަލަމުން ގެންދެއެވެ.
ޝަފުގާގެ މަންމަ އާއި ބައްޕަ
އޭނާދެކެ ވަރަށް ލޯބިވެއެވެ. ބޭނުންހައި އެއްޗެއް ހޯދައިދެއެވެ.ބޭނުން ކަމެއް
ކޮށްދެއެވެ. އެކަމަކު ރިފުޤާއަށް އޭނާގެ މާމައާއި ވާހަކަދެއްކުންވަނީ
މަނާކޮށްފައެވެ. އެމީހުން ކައިނިމިގެން އަންނަންވާއިރަށް އަހަރެން ގެއަށްއައީމެވެ.
ވީދެރައިން ކެތްނުކުރެވިގެންނެވެ. އޭގެ ފަހުން އެގެއަށްދާ ކޮންމެ ދުވަހަކުވެސް
އެފަދަ އެތައްކަމެއް ފެންނަމުންދެއެވެ. އެއްދުވަހަކު ކާން ތިބެގެން ހާލިދާ އޭނާގެ
މަންމައާއި ދިމާއަށް ގޮވިއެއްޗެހި އަހަރެންގެ ހިތުން ދުވަހަކުވެސް
ފިލައިގެންނުދާނެއެވެ. މަންމަ މަރުނުވެގެން ގޮވި އެއްޗެއްސެެވެ.
ކާންދޭންޖެހުމުންނެވެ. އެވަގުތު އެމާމަގެ ލޮލުން ފޭބި ކަރުނަތައް އަހަރެންގެ
މިދެލޮލުން ދުށީމެވެ.އާހް! ކޮންފަދަ ވޭނީ ވަގުތުކޮޅެއްބާއެވެ. ދެން ހާލިދާ އެމާމައަށްގޮވި
އެއްޗެހި ތި އަޑުއެހުން ތެރިންނަށް، ބެލުންތެރިންނަށް ކިޔާދޭހާ ހިތްވަރެއް
އަހަރެން ގަޔަކު ނެތެވެ. (ވޭނީ އާހެއް ބޭރުކޮށްލުމަސްފަހު)
އެއްދުވަހެއްގެ ހަވީރެވެ. އަހަރެން ހާލިދާ އާއިއެކު
ހިނގާލަންދާން ނިކުތީމެވެ. ޝަފުގާ އޭނާގެ ބައްޕައާއި ހަވާލުކޮށްފައެވެ. އަހަރެން
އެދުވަހު އަޒުމުކަނޑައަޅައިގެންހުރީ ހާލިދާއާއި ވަރަށް ގިނަ ވާހަކަދެއްކުމަށެވެ. އެދުވަހު އޭނާ ހުރީ މީގެ ތިންދުވަސް ކުރިން
ލައިގެންހުރި ހެނދުންލައިގެނެވެ. އަޅައިގެންހުރި ބުރުގާވެސް ވަނީ ވަރަށް ބޮޑަށް
ދާވެފައެވެ.
އަހަރެން ބުނީމެވެ. " ހާލިދާއެވެ. މިއަދު ތިއީ އަހަރެންގެ
އެކުވެރިއެކެެވެ. އެހެންވެ ކޮންމެހެންވެސް މި ވާހަކަ ދައްކަން ބޭނުންވެއެވެ."
ހާލިދާ: ހައިރާންކަމާއި އެކު! އަނެއްކާ ކޮންވާހަކައެއްތަ؟
އަހަރެން: ހާލިދާ އަހަރެންނަށް
އަބަދުވެސް ހާލިދާ ފެންނަނީ ވަރަށް ހަޑިކޮން ހުއްޓާ. އަހަރެން ބޭނުންވަނީ
ހާލިދާވެސް ސާފުތާހިރުކޮން ހުންނަން. ކުރާ މަސައްކަތެއްގެ ގޮތުން ހަޑިކޮށް
ހުރެވިދާނެ. އެކަމަކު މަސައްކަތް ނިންމާފައި ސާފުތާހިރުވާންވާނެއްނު. އަދި
ތަންތަނަށް ދާއިރުވެސް ތާހިރުކޮށް ހުރުމަކީ ވަރަށް މުހިއްމުކަމެއް. (މިވާހަކަތައް
ދައްކަމުން ދައިރު ހާލިދާގެ މޫނު މަތީގެ ކުލަވަރު ބަދަލުވުން)
އަދި ބުނަން. (މަޑުމައިތިރި
ކަމާއިއެކު،) ހާލިދާ! މަންމަ އާއި މެދު
އެގޮތަށް ކަންތައް ކުރާކަށް ނުވާނެއްނު. އެއީ ތިމާގެ މައިމީހާ. ހާލިދާގެ މަންމަ
ބާކީ ކުރަނީ ކީއްވެ؟ (ރޮވުން) އެމަންމަ އެގޮތަށް ކޮޓަރީގައި ބަންދުކޮށްގެން ތި
ގެންގުޅެނީ ކީއްވެތަ؟ އަދި އަމުދުން އެ ކުޑަކުޑަ ޝަފުޤާގެ ކުރިމަތީގައި ތި ހުރިހާ
ކަމެއް ކުރަނީ ކީއްވެ؟ (ހާލިދާ ވަރަށް ބޮޑަށް ރުޅިއައުން)
ހާލިދާ. ކަލެއަށްތަ އެނގޭނި މަ
ކަންތައް ކުރާނެގޮތެއް. ތިގޮތަށް އުޅޭ ކަމަށްވަންޏާ، ތި ރަހުމަތްތެރިކަމެއް
އަހަރެންނެތް ބޭނުމެއް ނޫން. ( މިހެން ބުނުމަށްފަހު އެތަނުން ދިޔުން)
އޭގެ ހަފުތާއެއް ފަހުން ހާލިދާގެ
މަންމަ އަބަދުގެ އަބަދަށް މި ވޭނީ ދުނިޔެއާއި ވަކިވެއްޖެއެވެ. އިންނާ ﷲ ވައިންނާ
އިލައިހި ރާޖިޢޫން. މީހުން ބުނި ގޮތުގައި ހާލިދާ ހުރީ ވަރަށް އުފާވެފައެވެ.
އަހަރެން ވަރަށް ދެރަވިއެވެ. ރުއީމެވެ.
ދުވަސްތައް މާޒީއާއި
އެކުވެގެންދެއެވެ. ޝަފުގާވެސް ބޮޑުވަމުން ދެއެވެ. އޭނާއަށް 25 އަހަރު ވެއްޖެއެވެ.
އަހަރެން ހާލިދާމެންގެ ގެއަކަށް ނުދަމެވެ. ހާލިދާ ރުޅިއައި ފަހުންނެވެ.
އެއްދުވަހަކު މީހަކު ހާލިދާ ބަލިވެ އުޅޭ ވާހަކަ ބުނުމުން އަހަރެން އެގެއަށް
ދިޔައީމެވެ. ހާލިދާ ފެނުމުން އަަހަރެންނަށް ސިފަވެގެން ދިޔައީ މީގެ ވިއްސަކަށް
އަހަރު ކުރީގެ ހަނދާނެކެވެ. އާއެކެވެ. މާމަގެ ހަދާނެވެ. އެމާމައަށް ހާލިދާ
ހަދާލިގޮތް، މިޔަދު އޭނާގެ ދަރިފުޅު އޭނާއަށް ހަދަމުން ދަނީއެވެ. އަހަރެން
ފެނުމުން ރިފުޤާ އަހަރެންނަށް ގޮވާލިއެވެ. (ކިޔަމުންދާއިރު މަންޒަރު ފެނުން) އަހަރެންނަށް
ބުނެވުނެވެ.
އަހަރެން: ސުބުޙާނަށްﷲ .ހާލިދާ (ދެރަވެލާފައި) ކިހިނެތްވީ.
ހާލިދާ: (ވޭނީ އަޑަކުން) އަހަރެންނަށް މިލިބެނީ އަހަރެން ކުރި ކުށުގެ ސަޒާ.
އަހަރެން މަންމައަށް ހެދިގޮތް މިޔަދުނ ޝަފުޤާ އަހަރެންނަށް ހަދަމުން އެދަނީ. (ރޯންފެށުން)
އަހަރެން: ރިފުޤާ މަންމައަށް މިހެން ހަދާކަށް ނުވާނެއްނު. މިއީ ކަނބުލޮގެ
މަންމައޭ.
( އެވަގުތު ހާލިދާ ގުދަށް އޮވެ
ހިނގަމުން ގޮސް އެތާހުރި އެނދެއްގައި އޮށޯއޮތުން. )
ރިފުޤާ: ދައްތާ މާމައަކީ މަންމަގެ މަންމަކަން ދައްތައަށްވެސް އެނގޭނެ.
އެކަމަކު މަންމަ ކަންތައް ކުރީ ކިހިނެތް.(ރުޅިއައިސްފައި)
އަހަރެން. ރިފުޤާ! ސުވަރުގެ ލިބޭނީ މަންމަގެ ފައިތިލަ ދަށުންނޭ
ބުނައަޑެއްވެސް ނާހަންތަ.ދައްތައަށްވެސް އެނގޭ މަންމަ މާމައާއި މެދު ކަންތައްކުރީ ރަނގަޅަށް
ނޫންކަން. އެކަމަކު މަންމަ މާމައަށް ހެދިގޮތް ރިފުޤާ މަންމައަށް ހަދާކަށް
ނުވާނެއްނު. ދައްތަގެ ބަސްއަހަންޏާ އަވަހަށްދޭ. މަންމަ ކައިރިން މާފަށްއެދި ،
މަންމަ އަށް އެހީވެދީ. އަވަހަށްދޭ. (ދެރަވެފާއި، އާދޭހާއެކު)
ރިފުޤާ އޭނާގެ މަންމަ ކައިރިއަށް
ދިޔައެވެ. އަދި މަންމައަށް ގޮވާލިއެވެ.
މަ. މަ، މަންމާ. މަންމާ ،
(މަންމަ އަގައިން ނުބުމުން.)
ރިފުޤާ: ދައްތާ! (ވަރަށް ބާރަށް)
(ގެއިން ނިކުންނަށް ދަނިކޮށް ރިފުޤާ ގޮވާލުމުން އައުން)
އަހަރެން: ކިހިނެތްވީ.
ރިފުޤާ: ދައްތާ! މަންމަ.
އަހަރެން: (ހާލިދާއަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު) އިންނާ ﷲ ވައިންނާ
އިލައިހި ރާޖިޢޫން.
( މިިހެން ބުނުމާއި އެކު ރިފުޤާ
ނޫން.ނޫން. މިހެން ކިޔައި ވަރަށް ބާރަށް ރޯންފެށުން. އަވަހަށް ގޮސް ކަމުވޮށިގެންވާ މީހަކު ގެނައުން. ރިފުޤާ
މަންމަ އާއި ދުރުކުރުވުން) ރިފުޤާގެ މަންމަވެސް އަބަދަށްޓަކައި ދާއިމީ ދިޔިޔެއަށް
ދަތުރުކުރީއެވެ.
އޭ މަގޭ އަހު އުހުތުނޭ
ށޭ އަހާ މީ ހަތޭނަސޭ
ހެވަސް ނުބަޔަސް މީތެދޭ
ނުވެ ނުދާނޭ މައިބަފައިނޭ
ނުހިތާށެ ގޯސްކޮށް އެމިހުނޭ
ސުވަރުގެ ލިބޭނީ ފައިދަށުނޭ
1
Ads go here

Comments